Wednesday, March 13, 2013

"އުނގެނުމާއި އުނގަންނައިދިނުން އަދި ތަޢުލީމު "



Understanding Pedagogy and Learning Theories
ފުރަތަމަ ޓޮޕިކާމެދު ޚިޔާލު ފާޅުކުރުން
ދަރިވަރުންގެ ސުލޫކާއި ވިސްނުންފަދަ އެންމެހާކަންކަމަށް ތަޢުލީމުދިނުމުގައި ފޯކަސް ކުރެވެންވާނެއެވެ.
ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ދަރިވަރަކަށް ތަޢުލީމު ދިނުމަކީ އެދަރިވަރެއްގެ "އުޅުމާއި"، "ވިސްނުމާއި"،  އެންމެހާ ކުރިއެރުމަކަށް ބަދަލުގެނައުމަށް ކުރެވޭ މަސައްކަތެކެވެ.  އެކަމަށްޓަކައި އިހުއްސުރެ އަންނަނީ މަސައްކަތް ކުރެވެމުންނެވެ. އިހުގައި ކިޔަވާދިނުމުގައި ކްލާސްތެރޭގައި ނޫނީ އެ ކިޔަވައިދޭ ތަނެއްގައި މުދައްރިސް ބޭނުންހާ ގޮތަކަށް ބޭނުން މިންގަނޑެއްގައި "ތަޅުލެވިގެންތިބެ" ކިޔަވާދެވުނު ދުވަސްވަރެއް މާޒީވެއްޖެ އެވެ. އަދި ދަރިވަރު ހުރިހާ ކަމެއްގައި ބައިވެރިކުރުވައި އުނގެނުމަށް ފަހި މާޙައުލެއް ޤާއިމު ކޮށް ކިޔަވައިދޭ ދުވަސްވަރުވެސް މިދަނީ ފެންނަމުންނެވެ. އެހެންކަމުން ދަންނަވަންޖެހެނީ.. އުނގަންނައި ދިނުމުގައި، ނަސްފާނީ ޢިލްމުގެ އަލީގައި ދިރާސާއާއި، ތިއަރީ އަދި އެނޫންވެސް ގޮތްތައް ދެނެގަނެގެންނޫނީ  އުނގަނައެއް ނުދެވޭނޭ ކަމަށެވެ.  އެހެންކަމުން އެކަމަށްޓަކައި، ޖީން ޕިއާގޭ ފަދަ، ސިގްމަންޑް ފްރޫޑް ފަދަ،  އެރިކް އެރިކްސަންފަދަ، ލެވް ވައިގޮޓްސްކީ ފަދަ ބޭބޭފުޅުންގެ ތިއަރީތަކާއި ވިސްނުންތަކަށް ބަލައި އެއިން އެހީ ހޯދައި ދުވަހުން ދުވަހަށް ދަރިވަރުންގެ އުނގެނުން ކުރިއެރުވުމަށް ޕެޑަގޮޖިކަލް އާ ވިސްނުން ގެންގުޅުމަކީ ކޮންމެހެން ބޭނުންކަމެކެވެ.