Understanding
Pedagogy and Learning Theories
ފުރަތަމަ ޓޮޕިކާމެދު ޚިޔާލު ފާޅުކުރުން
ދަރިވަރުންގެ
ސުލޫކާއި ވިސްނުންފަދަ އެންމެހާކަންކަމަށް ތަޢުލީމުދިނުމުގައި ފޯކަސް
ކުރެވެންވާނެއެވެ.
ޤަބޫލުކުރަންޖެހޭ
ޙަޤީޤަތަކީ ދަރިވަރަކަށް ތަޢުލީމު ދިނުމަކީ އެދަރިވަރެއްގެ "އުޅުމާއި"،
"ވިސްނުމާއި"،  އެންމެހާ
ކުރިއެރުމަކަށް ބަދަލުގެނައުމަށް ކުރެވޭ މަސައްކަތެކެވެ.  އެކަމަށްޓަކައި އިހުއްސުރެ އަންނަނީ މަސައްކަތް
ކުރެވެމުންނެވެ. އިހުގައި ކިޔަވާދިނުމުގައި ކްލާސްތެރޭގައި ނޫނީ އެ ކިޔަވައިދޭ
ތަނެއްގައި މުދައްރިސް ބޭނުންހާ ގޮތަކަށް ބޭނުން މިންގަނޑެއްގައި "ތަޅުލެވިގެންތިބެ"
ކިޔަވާދެވުނު ދުވަސްވަރެއް މާޒީވެއްޖެ އެވެ. އަދި ދަރިވަރު ހުރިހާ ކަމެއްގައި
ބައިވެރިކުރުވައި އުނގެނުމަށް ފަހި މާޙައުލެއް ޤާއިމު ކޮށް ކިޔަވައިދޭ
ދުވަސްވަރުވެސް މިދަނީ ފެންނަމުންނެވެ. އެހެންކަމުން ދަންނަވަންޖެހެނީ..
އުނގަންނައި ދިނުމުގައި، ނަސްފާނީ ޢިލްމުގެ އަލީގައި ދިރާސާއާއި، ތިއަރީ އަދި
އެނޫންވެސް ގޮތްތައް ދެނެގަނެގެންނޫނީ  އުނގަނައެއް
ނުދެވޭނޭ ކަމަށެވެ.  އެހެންކަމުން
އެކަމަށްޓަކައި، ޖީން ޕިއާގޭ ފަދަ، ސިގްމަންޑް ފްރޫޑް ފަދަ،  އެރިކް އެރިކްސަންފަދަ، ލެވް ވައިގޮޓްސްކީ ފަދަ
ބޭބޭފުޅުންގެ ތިއަރީތަކާއި ވިސްނުންތަކަށް ބަލައި އެއިން އެހީ ހޯދައި ދުވަހުން
ދުވަހަށް ދަރިވަރުންގެ އުނގެނުން ކުރިއެރުވުމަށް ޕެޑަގޮޖިކަލް އާ ވިސްނުން
ގެންގުޅުމަކީ ކޮންމެހެން ބޭނުންކަމެކެވެ.  
 
ތިޔަ ވިދާޅުވީ ވަރަށްވެސް ބޮޑު ތެދުފުޅެކެވެ. އިހުގައި ހަމައެކަނި ފޮތުންބަލައި ދަސްކޮށްގެން، އަދި ހަމައެކަނި އެދުރުގެއިން ކިޔަވައިލައިގެން ފުއްދާލެވުމު ދުވަސްތައް މާޒިވެ ހިގައްޖެކަން ކަށަވަރެވެ. އުނގަނުމާއި އުނގަންނައި ދިނުމުގައި ކުއްޖާ ދިރިއުޅޭމާހައުލާއި ، ކުއްޖާގެ ވިސްނުނާއި ،އަދި އަޚުލާއި ސުލޫކުގެ މައްޗަށް ބިނާކޮށް ކުދިން ޝައުގުވެރިކުރަނިވި މާހައުލެއްގައި ކިޔަވައި ދިނުމަކީ އެކަށީގެންވާ ރަގަޅު ތައުލީމެއް ދިނުމަށް ކޮށާލެވޭ މަގެއްކަން ޔަގީނެވެ.
ReplyDeleteހުދު އަޅުގަނޑުމެންނަށް ތިޔަ ކަންތައްތައް ވިސްނޭއިރު ޢަމަލާއި ބަހުން އެކަންކަން ނުފެންނަނީ ކީއްވެގެންބާއޭ އަޅުގަނޑުގެ ހިތަށް އަރާ. ތަޢުލީމާއި ތަމްރީން ލިބިގެން ނުކުންނަ އަދުގެ ޒުވާން މުދައްރިސްގެ ކިބައިގައިވެސް ހަރުދާނާ އުސޫލުތައް ހަރުލާފައިވާތަން ފެންނަނީ ވަރަށް މަދުން. އަދު މިއަދުގެ ހާލަތަށް ވިސްނާލާއިރު ކިރިޔާވެސް ފުރުސަތެއް އޮތް ބޭފުޅަކު ވިއްޔާ ބަލަނީ ކިޔަވައިދިނުމުގެ ދާއިރާއާ ދުރަށްދެވޭތޯ. ވީއިރު މިފަދަ ހާލަތެއްގައި އޮތް މުޖުތަމައެއް ތިޔަ ފަދަ މުދައްރިސަކު ފެނިދާނެތޯ؟ އެހެންނަމަވެސް ތިޔަ ބޭފުޅާގެ ހިޔާލުފުޅަށް އަޅުގަނޑު ތާއީދުކުރަން....
ReplyDeleteތިޔައީ އަޅުގަނޑުމެން މުދައްރިސުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އެހެނީ އަޅުގަނޑުމެންގެ ދަރިންނަށް އެކަށީގެންވާގޮތެއްގައި ތަޢުލީމުދީ އަޅުގަނޑުމެން ބޭނުންވާ ސުލޫކުތަކެއް އެކުދިންގެ ކިބައިގައި އަށަގަނުވުމަށްޓަކައި އެޑިކޭޝަނަލް ސައިކޮލޮޖީގެ އެކި ތިއަރީތަކުގެ ބޭނުންހިފަން ޖެހެއެވެ. ކޮންމެ ކަމެއްގައިވެސް އެކަމަކަށް އެންމެ އެކަށޭނަ ތިއަރީ ފެންނަން އެބައޮތެވެ. އެހެންކަމުން ދަރިވަރުންގެ އުގެނުމާއި ވިސްނުމުގެ ފެންވަރު ދެނެގަނެ ކުއްޖާ ނިސްބަތްވާ މުޖުތަމަޢަށާއި ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރިނަމަވެސް އެކަމަކަށް ކިޔަވައިދިނުމުގައި މުދައްރިސުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ. އެހެންކަމުން ތަފާތު އެކި މިޒާޖުގެ ކުދިންނާއި މުޢާމަލާތްކުރާއިރު އެކުއްޖަކަށް އެކަށީގެންވާ ތިއަރީތަކެއް ދެނެގެނެ އެބޭނުން ކުރުމަކީ މުހިންމުކަމެކެވެ.މެ
ReplyDeleteއަމްޖަދު ތިޔަވިދާޅުވާ ގޮތަށް ވިސްނުމަށް އަޅުގަނޑުވެސް ގޮވާލަން. ސުކޫލު ދައުރު ނިންމުމަށްފަހު ނިކުންނަ ކޮންމެ ޒުވާނެއްގެ ކިބައިގައި ރަނގަޅު ސުލޫކާއި އުފެއްދުންތެރި ވިސްނނުމެއް އަށަގަނެފައިވުމަކީ އަޅުގަނޑުމެން މުދައްރިސުންނަށް ލިބޭ ވަރަށްވެސް މަތިވެރި ޝަރަފަކާއި ފަޚުރެއް. ސަބަބަކީ އެކަން އެކުދިންގެ ކިބައިގައި ހަރުލެއްވުމުގައި އެންމެ މުހިންމު ރޯލެއް އަދާ ކުރަނީ މުދައްރިސުން ކަމް އަޅުގަނޑުމެންގެ މުޖުތަމަޢު ޤަބޫލު ކުރާތީ. އެހެންކަމުން ކޮންމެ މުދައްރިސަކީވެސް މިފަދަ މަތިވެރި ފަޚުރަކާއި ޝަރަފެއް ލިބޭނެފަދަ މުދައްރިސަކަށް ވުން މުހިންމު
ReplyDelete